ކިލާގަނޑު ސާފުކުރުމާއި ގަސްއިންދުމުގެ ހަރަކާތް ރަށުގެ ޖަމްޢިއްޔާތައް އަދި މުއައްސަސާތައް ގުޅިގެން ރަށުގެ ކުޅި "ކިލާގަނޑު" ސާފުކުރުމާއި އެ ސަރަހައްދުގައި ގަސްއިންދުން - ސިލްސިލާކޮށް ބާއްވާ ހަރަކާތެއް 05 އޮކްޓޯބަރ - 31 ޑިސެމްބަރ 16:00 - 18:00
ނަސްރުގެ ދުވަސް ފާހަގަކުރުން ނޮވެންބަރު 03 - ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްޞަ ހަރަކާތް 03 ނޮވެމްބަރ 16:00 - 18:00
ރަންމުތް މަދަހަ މުބާރާތް "ރަންމުތް" މަދަހަ މުބާރާތަކީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން، ކޮންމެ އަހަރަކު އެއްފަހަރު ސިލްސިލާކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތާ ގުޅޭ އިތުރު ތަފްސީލީ މަޢުލޫމާތުތައް ވަކިން ހިއްސާކުރެވިފައިވާނެއެވެ. 06 - 08 ނޮވެމްބަރ 09:00 - 23:30
ކަސްރަތު ޕްރޮގްރާމް ލޮބުވެތި ކަނބަލުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަށަގަންނުވައި، ޖިސްމާނީ ގޮތުން ދުޅަހެޔޮ، ހަށިހެޔޮ ބަޔަކަށް ހެދުމުގެ މާތް މަޤުޞަދުގައި، ކުރިޔަށްގެންދާ ޚާއްޞަ ކަސްރަތު ޕްރޮގްރާމް 09 ނޮވެމްބަރ - 24 ޑިސެމްބަރ 20:00 - 23:30