ނަސްރުގެ ދުވަސް ފާހަގަކުރުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި ކައުންސިލް ގުޅިގެން މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމަނައިގެން، ނޮވެމްބަރު 3 ގައި ފާހަގަކުރާ ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ޤައުމީ ބަތަލުންގެ ޒިކުރާ އާލާކޮށް، ރަށުގެ ރައްޔިތުންގެ މެދުގައި ދީނީ އަދި ޤައުމީ ލޯބި އިތުރުކުރުމެވެ.