
ބޮޑު ތަރުޙީބަކާއެކު މާވަށުގައި ފަހަން ދަސްކޮށްދޭ ކޯސް ފެށިގެން ކުރިއަށްދަނީ
ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް…



ލ. މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ރަށުގެ ކަނބަލުންނަށް…
މިމުބާރާތަކީ ” ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް” ފާހަގަކުރުމުގެ މުނާސަބާތުގައި މާވަށު އަންހެނުންގެ…
މި ހަރަކާތްތަކާއި ޕްރޮގްރާމް ތަކަކީ އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ކޮންމެ އަހަރެއްގައިވެސް ތަކުރާކޮށް ހިންގަމުން އަންނަ ހަރަކާތްތަކެވެ.

ރަށުގެ ދެ ޖިންސަށް ޙާއްޞަކޮށްގެން އަހަރު އެއްފަހަރު ބާއްވަމުންދާ މުބާރާތެއް

ކޮންމެ ކުއާޓާއަކު އެއްފަހަރު މާވަށު އ.ތ.މ ކޮމެޓީ ބަހައްޓާ ކޮއްތު ގާޑިޔާ

ކައުންސިލާއި އ.ތ.މ ކޮމެޓީ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ މަދަހަ މުބާރާތް
މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ، ޚާއްޞަ މަޝްރޫޢެއްގެ ގޮތުގައި ހޭޅިފަންނު ބީޗް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ. މި މަޝްރޫޢަކީ 2022 ވަނަ އަހަރުން ފެށިގެން ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ރައްޔިތުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މޫދަށް އެރި، ހިތްފަސޭހަކަމާއެކު ވަގުތު ހޭދަކުރެވޭނެ ޒަމާނީ ފެންވަރުގެ ތަނެއްގެ ގޮތުގައި ހޭޅިފަންނު ބީޗް ތަރައްޤީކުރުމެވެ.
ރަށުގެ ކުޅި ނުވަތަ އަޅުގަނޑުމެން ކިޔާގޮތުންނަމަ ” ކިލާގަނޑު” ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތަކީ ކައުންސިލާއި އަޅުގަނޑުމެން ކޮމެޓީ ނުހަނު އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތެކެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ އިހުގައި ކިލާގަނޑު އޮތްގޮތަށް އިޔާދަކޮށް އަންނަން އޮތްޖީލުތަކަށް ފޯރުކޮށްދިނުމެވެ.





