ކިލާގަނޑު ސާފުކުރުމާއި ގަސްއިންދުމުގެ ހަރަކާތް

މާވަށު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި، ރަށުގެ ޖަމްޢިއްޔާތައް އަދި މުއައްސަސާތައް ގުޅިގެން ރަށުގެ ކުޅި “ކިލާގަނޑު” ސާފުކުރުމާއި އެ ސަރަހައްދުގައި ގަސްއިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

އަޅުގަނޑުމެންގެ މަޤްޞަދަކީ އިހުގައި ކިލާގަނޑު އޮތްގޮތަށް އިޔާދަކޮށް، އަންނަން އޮތް ޖީލުތަކަށް އެތަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ކިލާގަނޑާއި އެ ސަރަހައްދުގެ ޤުދުރަތީ ވެށި ސާފުތާހިރުކޮށް ބެލެހެއްޓުމާއި، ގަސްއިންދައިގެން ރަށުގެ ތިމާވެށި އިތުރަށް ފެހިކޮށް، ދިރުންތައް ޙިމާޔަތްކުރުމަށް އެންމެން އެކުވެރިކަމާއެކު މަސައްކަތްކުރުމެވެ.

ތާރީހު:

05 އޮކްޓޯބަރ 2026 - 31 ޑިސެމްބަރ 2026

ގަޑި:

16:00 - 18:00
QR Code