``ރަންމުތް`` މަދަހަ މުބާރާތް ކުރިޔަށްދާގޮތް

ރަންމުތް މަދަހަ މުބާރާތަކާި ކަުއންސިލާއި އަންހެނުންތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގެ މަޤްޞަދަކީ ރަށުގެ ރައްޔިތުން އިސްލާމް ދީނަށް ލޯބިޖެއްސުމާއި ، ހުނަރު ކުރިއެރުވުމާއި އަދި މަދަހަ ކިޔުމުގެ ހުނަރު ރަށުގެ ރައްޔިތުންނަށް ދައްކާލުމަށް ފުރުޞަތު ފަހިކޮށް ދިނުމެވެ. ރަންމުތް މަދަހަ މުބާރާތް 2021 ވަނައަހަރުން ފެށިގެން އަޅުގަނޑުމެން ކުރިޔަށް ގެންދާ މުބާރާތެކެވެ. މި ގޮތުން މިއަހަރުގައި ބޭއްވޭނީ “ރަންމުތް 4” ވަނަ މުބާރާތެވެ.

މުބާރާތްތަކާ ގުޅޭ ތަފްޞީލް

މި މުބާރާތުގައި މިހާތަނަށް ސުކޫލުކުދިންނާއި އާންމުގެ ފާރާތުން އެކިގޮފިތަކުގައި ގިނަބަޔަކު ބައިވެރިވެ ބައިވެރިންގެ ހުނަރު ވަނީ ދައްކާލާފައެވެ. ރަންމުތް މަދަހަ މުބާރާތުގައި ފާހަގަކޮށްލެވޭ ވަނަތަ އެކިއަހަރު މަތިން ހާސިލް ކޮށްފައިވާ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

2025

3 ވަނަ

2 ވަނަ އަށް މަދަހަ ހުށައަޅާދިން ގުރޫޕް

2 ވަނަ

ޢީޝާ އާޒިމް ، ގުރަހަ / ލ.މާވަށް

1 ވަނަ

ނީމް ބިންތް މޫސާ ޤާސިމް ފެހިކޮކާ/ ލ.މާވަށް

މުބާރާތުގެ ހުރިހާ ވަނަތަކެއް ހާސިލްކުރި ފަރާތްތައް – ލިސްޓް ޑައުންލޯޑް

 

2024

1 ވަނަ –

2 ވަނަ –

3 ވަނަ –

2023

ފަނޑިޔާރުން

ކޮންމެ އަހަރަކުވެސް ފަނޑިޔާރުންގެ ޕެނަލް އެކުލަވާލުމުގައި ޚާއްޞަ ސަމާލުކަމެއް ދެމެވެ. މި ގޮތުން، ރަށުގެ ފެންވަރުގައި މިފަދަ ކަންކަމުގައި ތަޖުރިބާއާއި ހުނަރު ލިބިފައިވާ ދެ ފަރާތަކާއި، އަދި އިސްފަނޑިޔާރެއްގެ ގޮތުގައި މި ދާއިރާގައި ޝަރަފުވެރި ނަމަކާއި ފުންނާބު އުސް ފަރާތެއް ހިމެނުމަށް އިސްކަންދެމެވެ.

މި އަހަރުގެ މުބާރާތުގައި (ރަންމުތް 4 -2025) އިސްފަނޑިޔާރެއްގެ މަޤާމު އަދާކުރެއްވުމަށް ހަމަޖެހިފައިވަނީ، “މޯލްޑިވިއަން އައިޑޮލް” އިން ތަޢާރަފުވެ، ގިނަ ބައެއްގެ ލޯތްބާއި ތަރުޙީބު ލިބިފައިވާ، އަދި މަދަޙަ ކިޔުމުގެ ދާއިރާގައިވެސް ކުރިއެރުން ހޯދާފައިވާ ނަންމަޝްހޫރު ތަރި، އަލްފާޟިލް ސަލަބީ އިބްރާހީމް “ސަލަބީ” އެވެ.

ކްލޯޒިން

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު، މުބާރާތް ނިމުމާއެކު ވީ އެންމެ އަވަސް ފުރުޞަތެއްގައި ބޭއްވުމަކީ އިންތިޒާމު ކޮމިޓީގެ އަމާޒެކެވެ. މުބާރާތުގައި ހޮވޭ މަޤާމުތަކަކީ: (ތަފްޞީލް އަންނަނީ…… )

  • މުޅި މުބާރާތުން 1 ވަނަ
  • މުޅި މުބާރާތުން 2 ވަނަ

މުބާރާތުގައި މާކުސްދޭ އުސޫލުތައް ( ޖުމްލަކޮށް)

  • އަޑު:( ޕިޗިންގ، ސްކޭލް، ރޭންޖް، ކޮންޓްރޯލް )
    25
  • ރާގު:( މެލަޑީ، ޓެމްޕޯ )
    25
  • ހުށަހެޅުންތެރިކަން: ( ޑައިނަމިކްސް، އެކްސްޕްރެޝަންސް )
    30
  • ބަސްކިޔުން: ( ކޮންފިޑެންސް، އިމްޕްރޮވައިޒޭޝަން )
    30
  • ބަސްކިޔުން: ( ސާފުކަން، އަކުރުކިޔުން )
    10
  • ލިރިކްސްގައިވާގޮތަށް ކިޔުން: ( އަސްލާ އެއްގޮތަށް ކިޔުން )
    10

މުބާރާތާއި ގުޅޭ ގޮތުން ޚިޔާލު ހުށަހެޅުން

އަޅުގަނޑުމެންގެ “ރަންމުތް” މަދަޚަ މުބާރާތާއި ގުޅޭގޮތުން ހިއްސާކުރަށްވަން ބޭނުންވާ ޚިޔާލު ތިރީގައިވާ ފޯމް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ފާހަގަ (*) ކޮށްފައިވާ މަޢުލޫމަތު ހިމެނުއްވުން އެދެމެވެ.

ފޮނުވެވި މެސެޖާއި ގުޅިގެން ބައްދަލުކުރަން ޖެހޭ ހާލަތުގައި އަޅުގަނޑުމެން ވާހަކަ ދައްކައިގެން ކުރިޔަށްދާނަމެވެ.