މުބާރާތް ކުރިޔަށްދާ ގޮތުގެ ތަފްސީލް

އ.ތ.މ ކޮމެޓީގެ ސުވާލު މުބާރާތް 1447 – ޤަވާއިދު އަދި ކުރިޔަށްދާނެ ގޮތުގެ ތަފްޞީލް

މިމުބާރާތަކީ ” ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް” ފާހަގަކުރުމުގެ މުނާސަބާތުގައި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކައުންސިލާ ގުޅިގެން މިއަހަރު ރަމަޟާން މަހު، މާވަށު އަންހެންކަނބަލުންނަށް ހާއްސަކުރެވިގެން ބޭއްވޭ ދީނީ ސުވާލު މުބާރާތެކެވެ.

  • މުބާރާތުގެ ނަން :

މި މުބާރާތުގެ ނަމަކީ “މާވަށު އ.ތ.މ ކޮމެޓީގެ ސުވާލު މުބާރާތް 1447 ” އެވެ.

  1. މުބާރާތުގެ މަޤުޞަދު:

މާވަށުގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ރޫޙް އާލާކޮށް ދިރުވުމާއި، ދީނީ ކަންކަމަށް ލޯބިޖެއްސުމެވެ.

3- މުބާރާތް ކުރިޔަށްދާނެ ގޮތް:

  • މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، އ.ތ.މ ކޮމެޓީ ވެބްސައިޓު މެދުވެރިކޮށް ސުވާލުތަކުގެ ޖަވާބު ދެވޭ ގޮތަށެވެ. ސުވާލުގެ ލިންކަކީ: maavahcouncil.gov.mv/quiz-1447 އެވެ. ލިންކް އެކްޓިވޭޓުވާނީ ސުވާލަށް ކަނޑައެޅިފައިވާ ވަގުތުގައެވެ.
  • މާވަށު ކައުންސިލް އެފް.ބީ ޕޭޖު މެދުވެރިކޮށްވެސް ކޮންމެ ރެޔެއްގެ 21:00 ގައި އެދުވަހެއްގެ ސުވާލު ލިންކް ހިއްސާ ކުރެވޭނެއެވެ. ޖަވާބު ދިނުން ކުރިޔަށްދާއިރު ސުވާލުގެ ބާކީއޮތް ވަގުތު ފެންނަން އިންނާނެއެވެ.
  • ސުވާލަށް ޖަވާބު ދެވޭނީ ޖެހިގެން އަންނަ ދުވަހު 12:00 ގެ ކުރިންނެވެ.
  • މި މުބާރާތުގައި ހުރިހާ އުމުރުފުރާއެއްގެ މާވާށު އަންހެން ކަނބަލުންނަށް ބައިވެރި ވެވޭނެއެވެ.
  • ރަމަޟާން މަސް ނިމުމުން ހުރިހާ ސުވާލެއްގެ ރަނގަޅު ޖަވާބުތައް ކޮމެޓީގެ ވެބްސައިޓުންނާއި ކައުންސިލުގެ އެފް.ބީ ޕޭޖުން އާންމު ކުރެވޭނެއެވެ. މުބާރާތުގެ ފަހުގެ އަޕްޑޭޓްތައް “މުބާރާތުގެ އަދާހަމަ” ސަފުހާގައިވާނެއެވެ

4- މުބާރާތް އޮންނަ ތާރީޚް:

މުބާރާތުގެ ފުރަތަމަ ސުވާލު ރަމަޟާން މަހުގެ ހަނދު ސާބިތުވުމުން ހިއްސާ ކުރެވޭނެއެވެ.

5- މުބާރާތުގެ ވަނަތައް:

1 ވަނަ އިނާމް – 2500 ރ

2 ވަނަ އިނާމް – 1500 ރ

3 ވަނަ އިނާމް – 1000 ރ

6- މުބާރާތުގެ ވަނަ ހޮވުން:

  • 1 ވަނައަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ފަރާތެކެވެ.
  • ރަނގަޅު ޖަވާބު ދެވޭ ކޮންމެ ސުވާލަކަށް 5 ޕޮއިންޓް ލިބޭނެއެވެ.
  • ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެނަމަ ވަނަ ހޮވިގެންދާނީ ގުރުއަތުން ނެވެ.
  • މުބާރާތުގެ ވަނަތައް އިއުލާން ކުރެވިގެންދާނީ ފިތުރުއީދު ފިއެސްޓަރ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.

ނިމިދިޔަ މުބާރާތުގެ ތަފްސީލް

ތިރީގައި މިވަނީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހާގުޅުވައިގެން ނިމިދިޔަ 1446 ވަނަ އަހަހަރުގެ ރަމަޟާންމަހު އ.ތ.މ ކޮމެޓިން ކުރިޔަށްގެންދިޔަ “މާވަށު އ.ތ.މ ކޮމެޓީގެ ސުވާލު މުބާރާތް 1446 ” ގެ ވަނަތައް ހާސިލްކުރެއްވި ފަރާތްތަކުގެ މައުލޫމާތެވެ. ރަސްމިއްޔާރު ބާއްވާފައިވަނީ މާވާށު ކައުންސިލްގެ ފިޠުރު ޢީދު ފިއެސްޓަރ 1446 ގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރޭންނެވެ.

1 ވަނަ : ނަން

2 ވަނަ : ނަން

3 ވަނަ : ނަން

މުބާރާތުގެ ވަނަތައް:

1 ވަނަ އިނާމް – 3000 ރ

2 ވަނަ އިނާމް – 1000 ރ

3 ވަނަ އިނާމް – 1000 ރ