ދީނީ ސުވާލު މުބާރާތް 1447
މިއީ މިއަހަރުގެ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މާވަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ރަށުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ ދީނީ ސުވާލު މުބާރާތެކެވެ. ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާރިޗު 8 ވަނަ ދުވަހެވެ. މިއީ 1446 ވަނަ އަހަރުން ފެށިގެން ކޮންމެ ރަމަޟާން މަހެއްގައި ކުރިޔަށް ގެންދިއުމަށް ކޮމެޓީން ރާވައިފައިވާ މުބާރާތެކެވެ.
ސުވާލު މުބާރާތުގެ ގަވާޢިދު އަދި އިތުރު ތަފްޞީލް މި ލިންކުން ލިބިވަޑައިގަންނަވާނެއެވެ.