އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުން

ކޮންމެ އަހަރެއްގެވެސް ކަލަންޑަރުގައި ފާހަގަކުރެވޭ ޚާއްޞަ ދުވަސްތައް، ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އެއްބާރުލުމާއެކު ފާހަގަކުރަމުން ގެންދެއެވެ. މީގެ ތެރޭގައި އިސްރަށްވެހިންގެ ދުވަހަކީވެސް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެވިގެން ފާހަގަކުރެވޭ ދުވަހެކެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އިސްރަށްވެހިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތަފާތު ގިނަގުނަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ގޮތުން، 2024 ވަނަ އަހަރު މާވަށު ޞިއްޙީ މަރުކަޒާ ގުޅިގެން އިސްރަށްވެހިންނަށް ހަދިޔާ ދިނުމުގެ ޚާއްޞަ ހަރަކާތެއް ވަނީ ބޭއްވިފައެވެ. މިއީ އިސްރަށްވެހިންނަށް އިޙްތިރާމް އަދާކުރުމާއި، އެ ބޭފުޅުންގެ ދުޅަހެޔޮ ދިރިއުޅުމަށް އަހައްމިއްޔަތުކަން ދިނުމުގެ ރަމްޒީ ހަރަކާތެކެވެ.

ބައިނަލްއަޤްވާމީ ގޮތުން އިސްރަށްވެހިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މި ދުވަހަކީ މުޖުތަމަޢުގެ ތަޖުރިބާކާރު ބޭފުޅުންނަށް ޝުކުރު އަދާކޮށް، އެ ބޭފުޅުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އަޅުގަނޑުމެން އެންމެން ވެސް އަޒުމު ކަނޑައަޅާ ދުވަހެކެވެ.

ތާރީހު:

01 އޮކްޓޯބަރ 2025
ނިމިފައިވާ ހަރަކާތެއް!

ގަޑި:

08:00 - 14:00
QR Code