ގައުމީދުވަސް ދުވަސް ފާހަގަކުރުން
މާވަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީ ގުޅިގެން، ރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ. މި ދުވަސް ފާހަގަކުރުމުގެ މަޤްޞަދަކީ ކާބަފައިން ޤައުމަށްޓަކައި ވެވަޑައިގެންނެވި މަތިވެރި ޤުރުބާނީގެ ޒިކުރާ އާލާކޮށް، ރަށުގެ ރައްޔިތުންގެ މެދުގައި ޤައުމީ އެއްބައިވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫޙު އާލާކުރުމެވެ.