ފަހަން ދަސްކޮށްދޭ ކޯސް
މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން، ރަށުގެ ކަނބަލުންނަށް ޚާއްޞަކޮށްގެން ފަހަން ދަސްކޮށްދޭ ކޯސް. މި ކޯހަކީ ބޭސިކް ލެވެލްއިން ފެށިގެން އެޑްވާންސް ލެވެލް 1 އާ ހަމައަށް، ފެހުމުގެ ހުނަރުތައް ފުރިހަމައަށް ދަސްކޮށްދޭނެ ކޯހެކެވެ.
ކޯސްފީ: 2300 ރުފިޔާ
✨ ކޯހުގައި ކިޔަވައިދޭނެ މައިގަނޑު ބައިތައް:
👶 ކުޑަކުދިންގެ ހެދުން: 1/2 އަހަރާއި 3 އަހަރާ ދެމެދުގެ ހެދުން، 3 އަހަރާއި 10 އަހަރާ ދެމެދުގެ ހަވީރީ ޓައިޕް ހެދުން، އަދި 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ހެދުން.
👗 ބޮޑެތިމީހުންގެ ހެދުން: ބޮޑެތިމީހުންގެ އަބާޔާ، ހަވީރީ ހެދުން (ޕާޓީ ގޮތަށް ޑިޒައިންކޮށްފައި)، ދިގުހެދުން، އަދި ލިބާސް. ސަގާފީ ހެދުން: ސަގާފީ ކުރުހެދުންބުރި.
🏫 ސްކޫލް ޔުނިފޯމް: މާވަށުސްކޫލް ޔުނިފޯމް ފަހަން ދަސްކޮށްދިނުން
💃 ސްކާޓް: ބޮކްސް ރޫ (Box pleat) އަދި ތަފާތު ރީތި ސްކާޓްތައް.
🤵 ފިރިހެން ހެދުން: ފިރިހެން ގަމީސް، ކުރްތާ، އަދި ސޯޓް (ފަޓުލޫނު ގޮތަށް).
👰 ވެޑިންގ ޑްރެސް: ކައިވެނީގެ ހެދުންތަކުގެ ފަރުމާ (Pattern) ތައް ކިޔައިދިނުން.
🎨 ޚާއްޞަ ހުނަރު: ޓައި ޑައި (Tie-Dye / ފޮތީގައި ކުލަޖެއްސުން) އަދި ފޮތްޗާއި ރިބަން ބޭނުންކޮށްގެން މާ ހަދަން ދަސްކޮށްދިނުން.
📅 ކޯހުގެ މުހިންމު މަޢުލޫމާތު:
ކޯސް ފެށޭނެ މުއްދަތު: މިއަހަރުގެ ސެޕްޓެންބަރު މަހު (01 ކުން 30 ހަށް)
ކޯހުގެ މުއްދަތު: 30 ދުވަސް
މުދައްރިބު: 2003 ވަނަ އަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގެ ބޮޑު ތަޖުރިބާ ލިބިވަޑައިގެންފައިވާ އަލްފާޟިލާ އާފިޔާ ޔޫސުފް.
ކޯސް ކުރިއަށްދާނީ: މަދުވެގެން 15 ބައިވެރިން ހަމަވާނަމައެވެ.
🎁 ބައިވެރިންނަށް ލިބޭ ޚާއްޞަ ލުއިތައް: މި ކޮމެޓީގެ ފަރާތުން ކޮންމެ ބައިވެރިޔަކަށް 500 (ފައްސަތޭކަ) ރުފިޔާ ޚަރަދުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ކޯހަށް ބޭނުންވާ (ފަހާފޮށި ފިޔަވައި) ހުރިހާ ތަކެއްޗެއް ކޯސް ހިންގާ ފަރާތުން ހިލޭ ފޯރުކޮށްދޭނެއެވެ.
📝 ނަންނޯޓު ކުރުން:
މި ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖުލައި 15 އިގެ ކުރިން މި ކޮމެޓީގެ ރައީސާ އަސްރާ އިބްރާހިމް އާ (ނަންބަރު: 7451831) ގުޅުއްވައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.
ރަށުގެ ވީހާވެސް ގިނަ ކަނބަލުން މި ފުރުޞަތުގެ ބޭނުން ހިއްޕަވައި، އަމިއްލަ ހުނަރުވެރިކަން އިތުރުކުރެއްވުމަކީ މި ކޮމެޓީގެ ވަރަށް ބޮޑު އެދުމެކެވެ.