އާމްދަނީ ހޯދާ އަންހެނުންގެ ގޮންޖެހުންތައް ދެނެގަތުން
ރަށުގައި އަމިއްލަ ފައިމައްޗަށް ތެދުވެ، އާމްދަނީ ހޯދަން މަސައްކަތްކުރާ ކެރޭ އަންހެނުން ދެނެގަނެ، އެކަނބަލުންނަށް ކުރިމަތިވާ ހުރަސްތަކާއި ގޮންޖެހުންތައް ހޯދުމުގެ މުހިންމު މަސައްކަތެއް އ.ތ.މ ކޮމެޓީން މިވަނީ ފަށާފައެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ މަސައްކަތްތެރި އަންހެނުންނަށް ހުރި ދަތިތައް އެއްކަރުދާސްކޮށް، އެކަންކަމަށް ހައްލެއް ހޯދައިދީ، އިޤްތިޞާދީ ގޮތުން އެކަނބަލުން ބާރުވެރިކުރުވުމެވެ. މިއީ ރަށުގެ އަންހެނުންގެ ކުރިއެރުމަށާއި، އަމިއްލަ މަސައްކަތްތައް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ހިތްވަރެކެވެ.