
ފަރުމާކުރުމުގެ ފަންނުވެރިކަން ދަސްކޮށްދޭ ކޯސް
މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި “އައިފާސް ޑްރީމް” ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް އެމްބްރޮއިޑަރީ ކޯހުގައި (ރޮދި ،ރިބަން އަދި މިނާއިން ފަރުމާކުރަން ދަސްކޮށްދޭ ކޯސް) ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.މި ކޯސް ފެށުމަށް ތާވަލުކުރެވިފައިވަނީ މިއަހަރުގެ ސެޕްޓެންބަރު މަހުގައެވެ.
- ކޯސް ފަށާނީ މަދުވެގެން 20 ބައިވެރިން ހަމަވާނަމައެވެ.
- ކޯހުގެ މުއްދަތު: 30 ދުވަސް
- ކިޔެވުމަށްބޭނުންވާ ތަކެތި ފޯރުކޮށްދޭނީ ކޯސްހިންގާ ފަރާތުން
ކޯހުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ޖޫން 30 ގެ ކުރިން ކޮމެޓީގެ ރައީސާ އަސްރާ އިބްރާހިމް އާއި ގުޅުއްވައިގެން (7451831) ނަންނޯޓުކުރެއްވުމަށް ދަންނަވަމެވެ. ކޯހުގައި ކިޔަވާދިނުމަށް ހަމަޖެހިފައިވަނީ، 2003 ވަނައަހަރުން ފެށިގެން މިފަދަ ކޯސްތައް ހިންގުމުގައި ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމަށްވާ އަލްފާޟިލާ އާފިޔާ ޔޫސުފު އެވެ.










