ހޭޅިފަންނު ސަރަހައްދު އިތުރަށް ތަރައްޤީ ކުރުން
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ރަށު ކައުންސިލް ގުޅިގެން، ހޭޅިފަންނު ސަރަޙައްދު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިއަހަރު ކުރުމަށް ރޭވިފައިވާ މަސައްކަތްތަކުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތް ތަކަކީ، އިތުރު ބެންޗު ގޮނޑިތަކެއް ބެހެއްޓުމާއި، ފަސޭހައިން ބޭނުންކުރެވޭނެ ކައްކާ ސަރަޙައްދެއް ތައްޔާރުކުރުމެވެ. މިމަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ތާވަލް ކުރެވިފައި ވަނީ ތިންވަނަ ކްއާރޓާ ގައެވެ
‘ލާމަސީލުލާމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މާލީއެހީގެ ޕްރޮގްރާމް 2025’ ދަށުން ހޭޅިފަންނު ސަރަހައްދު އިތުރަށް ތަރައްޤީ ކުރުމަށް މާލީއެހީގެ ގޮތުގައި 25,000.00ރ މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް ލިބިފައި ވެއެވެ.
