މިމުބާރާތަކީ ” ބައިނަލް އަގުވާމީ އަންހެނުންގެ ދުވަސް” ފާހަގަކުރުމުގެ މުނާސަބާތުގައި މާވަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ކައުންސިލާ ގުޅިގެން 1446 ވަނަ އަހަރު ރަމަޟާން މަހުން ފެށިގެން، މާވަށުގެ ހުރިހާ އުމުރުފުރައެއްގެ އަންހެން ކަނބަލުންނަށް ހާއްސަކުރެވިގެން ބާއްވަމުން އަންނަ ދީނީ ސުވާލު މުބާރާތެކެވެ. މި މުބާރާތުގެ ފުރަތަމަ ސުވާލު ރޭ ހަނދު ސާބިތުވި ވަގުތުން ފެށިގެން ހިއްސާކޮށްފައިވާއިރު މިއަދުގެ ސުވާލު ވަގުތު 12:00 އަށް ހަމަވިއިރު ފުރަތަމަ ސުވާލަށް 50 އަށްވުރެން ގިނަ ކަނބަލުން ޖަވާބު ފޮނުވާފައި ވެއެވެ.
މި މުބާރާތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، އ.ތ.މ ކޮމެޓީ ވެބްސައިޓު މެދުވެރިކޮށް ސުވާލުތަކުގެ ޖަވާބު ދެވޭ ގޮތަށެވެ. ސުވާލުގެ ޑައެރެކްޓު ލިންކަކީ: maavahcouncil.gov.mv/quiz-1447 އެވެ. ލިންކް އެކްޓިވޭޓުވާނީ ސުވާލަށް ކަނޑައެޅިފައިވާ ވަގުތުގައެވެ. މީގެއިތުރުން މާވަށު ކައުންސިލް އެފް.ބީ ޕޭޖު މެދުވެރިކޮށްވެސް އެދުވަހެއްގެ ސުވާލު ލިންކަށް ވާސިލްވެވޭނެއެވެ. ޖަވާބު ދިނުން ކުރިޔަށްދާއިރު ސުވާލުގެ ބާކީއޮތް ވަގުތު ފެންނަން އިންނާނެއެވެ. ސުވާލަށް ޖަވާބު ދެވޭނީ ޖެހިގެން އަންނަ ދުވަހު 12:00 ގެ ކުރިންނެވެ.
ރަމަޟާން މަސް ނިމުމުން ހުރިހާ ސުވާލެއްގެ ރަނގަޅު ޖަވާބުތައް ކޮމެޓީގެ ވެބްސައިޓުންނާއި ކައުންސިލުގެ އެފް.ބީ ޕޭޖުން އާންމު ކުރެވޭނެއެވެ. މުބާރާތުގެ ފަހުގެ އަޕްޑޭޓްތައް ފުރަތަމަ ސަފުހާގައިވާ “ކުރިޔަށްދާ މުބާރާތުގެ އަދާހަމަ” ލިންކުން ލިބިވަޑައިގަންނަވާނެއެވެ.
މުބާރާތުގެ ވަނަތައް އިއުލާން ކުރެވިގެންދާނީ ފިތުރުއީދު ފިއެސްޓަރ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ. ރަނގަޅު ޖަވާބު ދެވޭ ކޮންމެ ސުވާލަކަށް 5 ޕޮއިންޓް ލިބޭނެއެވެ. 1 ވަނައަށް ދާނީ އެންމެ ގިނައިން ޕޮއިންޓު ހޯދާ ފަރާތެކެވެ. ޕޮއިންޓުގެ ގޮތުން އެއްވަރު ވެއްޖެނަމަ ވަނަ ހޮވިގެންދާނީ ގުރުއަތުން ނެވެ. މުބާރާތުގެ ވަނަތައް އިއުލާން ކުރުމައި އިނާމްދިނުން ކުރިޔަށްދާނީ ފިތުރުއީދު ފިއެސްޓަރ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
Leave a reply

އެންމެ ގިނަ ހިޔާލު