
“އެންދެރި ސްމޯލްގްރާންޓް ޕްރޮޖެކްޓް” އާއި ގުޅިގެން މާވާށުގައި ކުރިޔަށްދާ ކިލާގަނޑު ތަރައްގީ ކުރުމުގެ މަސައްކަތް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރ ކުރުމަށް އެންދެރި ޕޮރްޖެކްޓުގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންނާއެކު ކައުންސިލުން ބައްދަލުކުރުން. މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައިވަނީ، މަސައްކަތްތައް މިހާރު ކުރިޔަށް ގެންގޮްފައިވާ މިންވަރާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އެންދެރި ސްމޯލްގްރާންޓުން ދެއްވާ ފަންޑު ޖަމާކުރުމާއި ، ކައުންސިލާއި އ.ތ.މ ކޮމެޓީން ކުޅިޔާ ބެހޭގޮތުން އާންމުންގެ ހޭލުންތެރިކުރުވުމަށް އެވެއަރނަސް ޕްރޮގްރާމް ހިންގުމާއި ބެހޭގޮތުން މަސްވަރާ ކުރެވުނެވެ.
ކައުންސިލާއި އަންހެނުންތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ގުޅިގެން ރަށުގެ ކުޅި ހިމާޔަތް ކުރުމުގެ ގޮތުން ހިންގާ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކީ އިހުގައި ކިލާގަނޑު އޮތްގޮތަށް އަލުން އިޔާދަކޮށް އަންނަން އޮތްޖީލުތަކަށް ފޯރުކޮށްދިނުމެވެ.
Leave a reply
އެންމެ ގިނަ ހިޔާލު